ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާއި ގުޅިގެން  ހާއްސަ ފޮޓޯ މައުރަޒެއް ބާއްވަނީ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫ އެޗް އޯ)ގެ މެމްބަރަކަރަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާއި ގުޅިގެން  ބާއްވާ ޚާއްޞަ ފޮޓޯ މައުރަޒެއް ބޭއްވުމަށް ނިންމާފައި ވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެ...

06 Dec 2015 | 05:12

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫ އެޗް އޯ)ގެ މެމްބަރަކަރަށް ރާއްޖެ ވިތާ 50 އަހަރު ފުރުމާއި ގުޅިގެން  ބާއްވާ ޚާއްޞަ ފޮޓޯ މައުރަޒެއް ބޭއްވުމަށް ނިންމާފައި ވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވޭތުވެދިޔަ އަހަރުތަކުގައި ލިބިފައިވާ ކުރިއެރުމާއި ޞިއްޙީ ދާއިރާއަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ފޮޓޯ މަޢުރަޒެއް މިޑިސެމްބަރ 6-7 އަށް ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ވާކަމަށާއި މިމައުރަޒު އޮންނާނީ މިދެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ދަރުބާރުގޭގެ ފާށަނާ މާލަމުގައި ކަމަށެވެ.

މީގެ އިތުރުން މި މައުރަޒުގައި ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީރެތިކަމާއި، އަދި، ޞިއްހި ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް ދައްކުވައިދޭ ފޮޓޯތައް ދައްކުވައި ދޭނެ ކަމަށާއި އަދި ރާއްޖޭގެ ޞިއްޙީ ޚިދުމަތް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ޞިއްޙީދާއިރާގެ އެހާރާއި މިހާރުގެ ފޮޓޯތައް ދައްކުވައި ދޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް