ރާއްޖެއަކީ މެލޭރިއާ ބަލި އެއްގޮތަކަށްވެސް ނެތް ގައުމެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާނު ކޮށްފި

ދިވެހިރާއްޖެ އަކީ މެލޭރިއާ ބަލި އެއްގޮތަކަށްވެސް ނެތް ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ)އިން ކަނޑައަޅައި އެކަން އިއުލާނު ކޮށްފި އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިކަން އި...

06 Dec 2015 | 04:58

ދިވެހިރާއްޖެ އަކީ މެލޭރިއާ ބަލި އެއްގޮތަކަށްވެސް ނެތް ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ)އިން ކަނޑައަޅައި އެކަން އިއުލާނު ކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިކަން އިއުލާނު ކޮށްފައިވަނީ ރާއްޖޭން ޑަބްލިއުއެޗްއޯއާ ގުޅުނުތާ 50 އަހަރު ފާހަގަކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ހަފުލާގަ އެވެ.  އެކަން އިއުލާން ކުރެއްވީ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްސިންގް އެވެ.

އެކަން އިއުލާން ކުރެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމްއަށް ޑރ. ޕޫނަމް ކެތުރަޕާލް މަރުހަބާ ވިދާޅުވި އެވެ.

މެލޭރިއާ ބަލި އެއްގޮތަކަށް ވެސް ނެތް ގައުމެއް ކަމަށް ކަނޑައަޅައި ޑަބްލިއުއެޗްއޯ އިން ދޭ ސެޓްފިކެޓް އެރަސްމިއްޔާތުގައި ރާއްޖެއަށް ދީފައި ވާއިރު މަދިރިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ އެއްގޮތަކަށް ވެސް ނެތް ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާން ކުރި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް