އިހަވަންދޫ އިންޖީނުގެ ތެރެއިން ފޭކް ބޮމެއް ފެނުނު މައްސަަލަ ތަހުގީގު ުކުރަން ފަށައިފި

ހއ އިހަވަންދޫ އިންޖީނުގެ ތެރެއަށް އެއްލާލާފައި އޮފް ފޭކް އައިއީޑީ އެއް ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ...

06 Dec 2015 | 04:30

ހއ އިހަވަންދޫ އިންޖީނުގެ ތެރެއަށް އެއްލާލާފައި އޮފް ފޭކް އައިއީޑީ އެއް ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެއީ ގޮވާޒާތުގެ އެއްޗެއް ނޫން ކަމަށާއި އެކަން ހިނގާފައިވާކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 9:30 ހާއިރު ކަމަށެވެ.

"ދަނޑިތަކެއްގަ ޓޭޕް އޮޅާފަ ރޯކޮށްލާފަ އޮތީ، އެކަން ފުލުހުންނަށް އެންގީ އެރަށު އިންޖީނުގޭ މުވައްޒަފުން، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ" އޮފިޝަލް ވިދާޅުވި އެވެ.

ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ރޭ 10:00 އެހާކަން ހާއިރު އިންޖީނުގެ ގޯތި ތެރޭގައި ހުރި ތެޔޮ ތާންގީއެއްގެ ކައިރިއަށް އެއްލާލައިފައި އޮތް "ބޮމެއް" ކަހަލަ އެއްޗެއްގައި ރޯވެ، ދުން އަރާތީ އޭރު އެތަނުގައި ތިބި ކުންފުނީގެ މުވައްޒަފުން އޭތި ނިއްވާލައި ފުލުހުންނަށް ރިޕޯޓް ކުރީ ކަމަށެވެ.

އިހަވަންދޫ އިންޖީނުގެއިން ފޭކް އައިއީޑީއެއް ފެނިފައި ވާއިރު މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ އެކި ސަރަހައްދުތަކުން ފޭކް އައިއީޑީތައް ވަނީ ފެނިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް