ދުވާލަކު 100 ޓަނު ފެން އުފެއްގޭ ފެން ޕްލާންޓެއް ސިޓީ ކައުންސިލުން ގާއިމްކޮށްފި

ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް މާލޭ ސިޓީ ކައުންސިލުން ގާއިމްކޮށް މިރެއިން ފެށިގެން ފެން ދޫކުރަން ފަށަން ތައްޔާރު ވަމުން އެބަ ދެއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލް މެމްބަ...

06 Dec 2014 | 15:33

ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް މާލޭ ސިޓީ ކައުންސިލުން ގާއިމްކޮށް މިރެއިން ފެށިގެން ފެން ދޫކުރަން ފަށަން ތައްޔާރު ވަމުން އެބަ ދެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލް މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ ޕްލާންޓް ގާއިމް ކޮށްފައިވަނީ ސޯޝަލް ސެންޓަރު ބިއްދޮށުގައި ކަމަށާއި މިރޭ 10:00 އިން ފެށިގެން ފެން ދޫކުރަން ފެށޭނެ ކަމަށް ބެލެވޭ ކަމަށވެ.

"އަޅުގަނޑުމެން އެދުނިން ޓާސްކް ފޯހުގެ ކިބައިން ކޮންކަމެއްތޯ ކޮށްދޭންވީ، އެމީހުން ބުނީ އެހީ ބޭނުމެއް ނޫނޭ، ނަމަވެސް ރައްޔިތުން އަޅުގަނޑުމެންނަށް އެހީއަށް ގުޅާތީ މިކަން މިކުރީ، މިހާރު ޕްލާންޓް އެވަނީ ހަރު ކުރެވިފަ އިރާދަ ކުރެއްވިއްޔާ މިރޭ 10:00 އިން ފެށިގެން ފެން ދޫކުރެވޭނެ" ސަމާއު ވިދާޅުވިއެވެ.

ސަމާއު އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި 10 އިސްކުރު ހުންނަ އިސްކުރު ބަރިއެއް ތައްޔާރު ކޮށްފައިވާކަމަށާއި މިކަމުގައި ސަރުކާރުގެ އަދި ފުލުހުންނާއި ސިފައިންގެ އެއްބާރުލުން އަދި އެހީތެރިކަން ހޯދާފައި ނުވާކަމަށެވެ. އަދި އެހީތެރިކަމަށް ނުވެސް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް