މާލޭގައި ހަ ސައިކަލާއި ޕިކަޕެއްގެ އިތުރުން ކާރަކާއި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:35 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓްގައި ޒަހަމްވިމީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔއީ ފަސް މީހުންނެވެ. ފުލުހުންބުނީ އެ ފަސްމީހުންގެ ހާލު ސީރިއަސް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ހަތަރު މީހުން އަދުވެސް ހޭ ނާރައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓްގައި ތުއްތު ކުއްޖަކާއި އަންހެނެއްގެ އިތުރުން ފިރިހެނަކަށް އަނިޔާ ލިބިފައިވެއެވެ.
އެ އެކްސިޑެންޓް ހިނގީ މާޖީދީމަގުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ޕިކަޕެއް ނިރޮޅުމަގަށް ވަންނަން ދިޔަ ވަގުތު ކޮންޓްރޯލު ނުވެގޮސް ދެ ސައިކަލާއި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް