އައިއެންއައިއޭގެ ރަންވޭ ބަންދުކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ  ބަންދުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެއާޕޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓު ބަންދުކުރަން ޖެހުނީ އިއްތިހާދު އެއާލައިންގެ ފްލައިޓެއ...

06 Dec 2014 | 12:15

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ  ބަންދުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެއާޕޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓު ބަންދުކުރަން ޖެހުނީ އިއްތިހާދު އެއާލައިންގެ ފްލައިޓެއް ކަމަށްވާ އެއާބަސް އޭ330 އެއާޕޯޓަށް ޖެއްސި ގަޑީގައި ތެޔޮ ލީކުވެގެން ކަމަށާއި އެއާޕޯޓު ބަންދުކުރުމާއި ގުޅިގެން ބައެއް ފްލައިޓުތައް ފުރުން ލަސްކުރަން ކުރަން ޖެހިދާނެ ކަމަށެވެ.

މި ބޯޓު ޖައްސާފައިވަނީ މިއަދު މެންދުރުފަހު 15:20 ހާއިރުއެވެ. ރަންވޭ ބަންދުކޮށްފައިވަނީ 15:40 ހާއިރުއެވެ.

މި ބޯޓަކީ އާންމުކޮށް އެއާޕޯޓަށް ޖައްސާއިރު ތެޔޮ ލީކުވާ ފްލައިޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެއާޕޯޓު އަލުން ހުޅުވޭނެ ކަމަށް ބެލެވެނީ މިއަދު ހަވީރު 17:30 ހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް