އިނގެރޭސި ޕްރިމިއަރލީގު: އިންސްޓާގްރާމް ޕޯސްޓަކާއި ގުޅިގެން ބަލޮޓެލީ ޖަވާބުދާރީވުމަށް އެފްއޭއިން އެދިއްޖެ

ލިވަރޕޫލްގެ ފޯވަރޑް މާރިއޯ ބަލޮޓެލީ ކުރި އިންސްޓާގްރާމް ޕޯސްޓަކާއި ގުޅިގެން ޖަވާބުދާރީވުމަށް އިނގެރޭސި އެފްއޭއިން އެދިއްޖެއެވެ. 24 އަހަރުގެ މާރިއޯ ބަލޮޓެލީ ކުރި ޕޯސްޓުގައި ދައްކުވައިދެނީ ކުޑަކުދިންގެ ...

06 Dec 2014 | 05:45

ލިވަރޕޫލްގެ ފޯވަރޑް މާރިއޯ ބަލޮޓެލީ ކުރި އިންސްޓާގްރާމް ޕޯސްޓަކާއި ގުޅިގެން ޖަވާބުދާރީވުމަށް އިނގެރޭސި އެފްއޭއިން އެދިއްޖެއެވެ.

24 އަހަރުގެ މާރިއޯ ބަލޮޓެލީ ކުރި ޕޯސްޓުގައި ދައްކުވައިދެނީ ކުޑަކުދިންގެ މާރިއޯ ގޭމްގެ މައި ކެރެކްޓަރ މާރިއޯއެވެ. އަދި ލިޔެފައިވާ ލިއުމަކީ ދީނީ ގޮތުން އަދި ނަސްލީގޮތުން ބަޔަކަށް ފުރައްސާރަކޮށްފައިވާ ލިޔުމެއްކަމަށް އެފްއޭއިން ވަނީ ހާމަކޮށްފައެވެ.

އިނގެރޭސި އެފްއޭއިން ބަލޮޓަލީއަށް ޖަވާބުދާރީވުމަށް ދީފައިވާ މުހުލަތަކީ ޑިސެންބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށެވެ. އޭނާގެ ފޮޓޯއަކީ އެއްވެސް މައްސަލައެއް ހިމެނޭ ފޮޓޯއެއް ކަމަށް ގަބޫލުނުކުރާކަމަށް މީގެ ކުރިން ބަލޮޓެލީ ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. އަދި އެއްވެސް މީހެއްގެ އަބުރަށް ހުތުރުވިކަމުގައިވާނަމަ އެކަމަށް މާފަށް އެދޭ ކަމަށްވެސް ބަލޮޓަލީގެ ޓްވީޓްގައި ބުނެފައިވެއެވެ.

އެފްއޭގެ ސްޓޭމަންޓުގައި ބުނެފައިވަނީ ބަލޮޓެލީގެ ޕޯސްޓް، އިނގެރޭސި އެފްއޭގެ ގިނަ މާއްދާތަކަކާއި ހިލާފްވާ ކަމަށެވެ.

މިކަމާއި ގުޅިގެން ލިވަރޕޫލްގެ ސްޕޯކްސް ޕާރސަން ބުނެފައިވަނީ މިމައްސަލާގައި ކުޅުންތެރިޔާއާއި ވާހަކަ ދައްކާ ޖަވާބުދާރީ ވާނޭކަމަށެވެ.

ބަލޮޓެލީވަނީ އޭނާގެ ފުޓުބޯޅަ ހަޔާތުގައި މީގެ ކުރިންވެސް ތަފާތު މިފަދަ ކަންތައްތަކާއި ކުރިމަތިވެފައެވެ. މިވަގުތު ލިވަރޕޫލްގެ ފޯވަރޑް ބަލޮޓެލީ ހުރީ އަނިޔާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް