ބޯކޮށް ވާރޭވެހި ކޮލަމާފުށީ 45 ގެއަކަށާއި ސިއްހީ މަރުކަޒަށް ފެން ވަދެ ގެއްލުން ވެއްޖެ

06 Nov 2026 | 18:08
ބޯކޮށް ވާރޭވެހި ކޮލަމާފުށީ 45 ގެއަކަށާއި ސިއްހީ މަރުކަޒަށް ފެން ވަދެ ގެއްލުން ވެއްޖެ

ގއ. ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ބޮޑެތި ގެއްލުން ޥަމުން ޢެބަދެ ޢެވެ.

ފުލުޙުން ބުނީ މިއަދު ކުރަން ފެށި ވިއްސާރައިގަ 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގޭގޭގައި ޚަކުލާއި ޙަމައަށް ފެންބޮޑުވެފައި ހުއްޓެވެ.

ފުލުހުން ބުނީ ރައްޔިތުންނަށާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކޮލަމާފުށި ހިމެނޭ ސަރަހައްދަށް ބޯކޯ ވާރޭވެހި ގުގުރާނެ ކަމަށް ޅަފާކޮށްފައި ޢެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް