އެންމެ ދެކުނުގެ ފަސް އަތޮޅަށް ހުދު ސަމާލު ނެރެފި

06 Nov 2026 | 16:06
މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެންމެ ދެކުނުގެ ފަސް އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ. ސަމާލު ނެރެފައިވަނީ މިރޭ 8:30 ން މިރޭ މެންދަމު 2:00 އާއި ހަމައަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

މެޓުން ވަނީ މާދަމާއިން ފެށިގެން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބުނެފައި އެވެ. ހުޅަނގު މޫސުމުގެ ބާރު ގަދަވެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ އެވެ.

ނަމަވެސް އާންމު ވައި ބާރު ނުވާނެ ކަމަށް ބުނެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް