ކެމްޕެއިން ހުއްޓާލި ޑިމޮކްރެޓްސްގެ ކެންޑިޑޭޓުވެސް ޓްރަމްޕް ޕާޓީ ބަލިކޮށް ގޮނޑި ކާމިޔާބު ކޮށްފި

06 Nov 2026 | 14:16
އެރިކް އާމްސްޓްރޯންގް --

އެރިކް އާމްސްޓްރޯންގް --

އެމެރިކާގެ އަޔޯވާ ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް، ޞިއްޙީ ސަބަބުތަކާ ހެދި ސެޕްޓެމްބަރުގައި ކެމްޕޭން ހުއްޓާލި ޑިމޮކްރެޓިކް ކެންޑިޑޭޓު އެރިކް އާމްސްޓްރޯންގް ރިޕަބްލިކަން ވާދަވެރިޔާ ކީތު ޖޯންސް ބަލިކޮށް ކާމިޔާބުކޮށްފިއެވެ.

އާމްސްޓްރޯންގަށް 55 ޕަސެންޓު ވޯޓު ލިބުނުއިރު ޖޯންސަށް ލިބުނީ 48 ޕަސެންޓު ވޯޓެވެ. ކެމްޕޭން ހުއްޓާލި ފަހުން ވެސް ވޯޓުލީ ރައްޔިތުން ބޮޑު ތަފާތަކުން އޭނާއަށް ތާއީދުކުރީ ކެމްޕޭން ހަރަކާތެއްވެސް ނުބާއްވާ ހުއްޓައެވެ.

ކުރިންވެސް ޢެ ގޮނޑިއަކީ ޑިމޮކްރެޓްސް ގެ ގޮނޑިއެކެވެ. ކުރިން އެ ގޮނޑީގައި ހުރީ ޖޮޝް ޓުރެކެވެ. ޓުރެކް ވަނީ އެ އިންތިޚާބުގައި ރިޕަބްލިކަން އެޝްލީ ހިންސަން ބަލިކޮށް އެމެރިކާގެ ސެނެޓް ގޮނޑި ކާމިޔާބުކޮށްފައެވެ.

ކެމްޕޭން ހުއްޓާލައި ސެޕްޓެމްބަރުގައި ނެރުނު ބަޔާނުގައި އާމްސްޓްރޯންގް ބުނީ "އަހަރެމެންގެ ޑިސްޓްރިކްޓަށް ޙައްޤުވަނީ މި ރޭހަށް 100 ޕަސެންޓު ހަކަތަ ދެވޭ މަންދޫބެއް" ކަމަށާއި "މިވަގުތު ސަމާލުކަން ދޭންޖެހެނީ ޞިއްޙަތު ރަނގަޅުކުރުމަށް" ކަމަށެވެ. ޞިއްޙީ މައްސަލައިގެ ތަފުޞީލް ޢާންމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އިންތިހާބު ކާމިޔާބު ވުމުން ދަ ނިއު ޔޯކް ޓައިމްސްއަށް ދިން ބަސްދީގަތުމެއްގައި ކަމަށް ރިޕޯޓުކޮށްފައިވާ ގޮތުން، ޑިސްޓްރިކްޓް ތަމްސީލުކުރުމަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތްކުރާނެ ކަމަށް އާމްސްޓްރޯންގް ބުނެފައިވެއެވެ.

ކޮންގްރެސްގެ ކޮންޓްރޯލް ނެގުމުގެ ރާޅާ އެކު ޑިމޮކްރެޓުންގެ ކާމިޔާބީ ސްޓޭޓް ފެންވަރުގެ އިންތިޚާބުތަކަށް ވެސް ފެތުރިފައިވާއިރު، އަޔޯވާ ހައުސްގެ 10 ގޮނޑި ޑިމޮކްރެޓުން ވަނީ ރިޕަބްލިކަނުންގެ އަތުން ނަގާފައި އެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް