ރާއްޖެ އެތެރެ ކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ޢަތުލައިގެންފި

06 Nov 2026 | 15:24
ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް --

ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތިތަކެއް --

ރާއްޖެ އެތެރެ ކުރަން އުޅުނު 3.153 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް ޢިން ހިފަހައްޓައިފި އެވެ.

އެއީ ތަފާތު ދެ މައްސަލައެއްގައި އަތުލައިގަތް މަސްތުވާތަކެއްޗެވެ. މި ދެ މައްސަލައިގަވެސް އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އެވެ.

ކަސްޓަމްސްއިން ބުނީ މީގެ ތެރެއިން އެއް މައްސަލައަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕޯސްޓުން އައި ޕާރުސަލެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލާ ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. އެ ޕެކޭޖުގެ ތެރެއިން 2123 ގްރާމްގެ ސިންތެޓިކް ކެތިނޯން ފެނިފައިވާއިރު އެތަކެތި ފެނިފައިވަނީ ޕޯސްޓު އޮފީހުގައި ޕެކޭޖުތައް ބެލުމުގެ ތެރޭގައި އެވެ.

އަނެއް މައްސައަކީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި ޕެކޭޖެއް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި މި އޮޕަރޭޝަންގައި އެ ޕެކޭޖުން 1030 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.

ކަސްޓަމްސްއިން ވަނީ މިދިޔަ މަހުގެ 19 ގައި ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ދެ މީހަކު ވެސް އަތުލައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް