ސައުދީ އަރަބިޔާއަށް އެއްފަހަރަށްވުރެ ގިނައިން އުމްރާއަށްދާ އުމްރާވެރިންގެ އަތުން "ރިޕީޓަރސް ފީ" ގެ ގޮތުގައި މިހާރު ނަގާނީ 300 ރިޔާލް ނުވަތަ 1236 ދިވެހި ރުފިޔާ ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އިސްލާމިކް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި ނަމަވެސް ތަފާތު އެޖެންޓުން މެދުވެރިކޮށް ވިސާ ނަގާ އިރު، އެފަރާތްތަކުން ދޭ ޚިދުމަތްތަކާ ގުޅިގެން އެފަރާތްތަކުން އިތުރު ފައިސާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތަށް އެ އެޖެންޓުތަކުން ނަގާ އިތުރު ފީއަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިގެން ނަގާ ފީތަކެއް ނޫންކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސައުދީއަށް އުމްރާއަށް ދާ އުމްރާވެރިންގެ އަތުން ރިޕީޓަރސް ފީގެ ނަމުގައި މީގެކުރިން ނަގަމުން ދިޔައީ 2000 ރިޔާލު ނުވަތަ 8240 ދިވެހި ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް