ނެށުންތެރިޔާ ސުނީ، ކާށިތެޔޮ ވިއްކަން ފަށައިފި – ގަތުމުން ޑެލިވަރ ކޮށްދޭ

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ކާށިތެޔޮ ވިއްކަން ފަށައިފިއެވެ. ސުނީ ބުނީ ވިއްކަން ފެށި ކާށި ތެޔޮ ޕްރޮޑަކްޓަށް ދީފައިވާ ނަމަކީ ސުނީ ސްޕެޝަލް ކޮކަނަޓް އޮއިލް ކަމަށެވެ. ދުވަހަށް މައުލޫމާތު ދެމުން ސުނީ...

06 Nov 2018 | 07:33

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ކާށިތެޔޮ ވިއްކަން ފަށައިފިއެވެ. ސުނީ ބުނީ ވިއްކަން ފެށި ކާށި ތެޔޮ ޕްރޮޑަކްޓަށް ދީފައިވާ ނަމަކީ ސުނީ ސްޕެޝަލް ކޮކަނަޓް އޮއިލް ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެމުން ސުނީ ބުނީ މި އުފެއްދުން ވިއްކަން ފެށީ ހަފްތާއެއް ވަރު ކުރިން ކަމަށާއި އެންމެ ފުރަތަމަ ވިއްކަން ފެށީ ހަމައެކަނި ރަހުމަތްތެރިންގެ މެދުގައި ކަމަށެވެ.

"ވިޔަފާރިއެއްގެ ގޮތުގަ ކުރަން މި ވިސްނީ، ސްޓިކާގައި އޭނީ ސުނީގެ ލޯގޯ، ގަތީމަ ޑެލިވާ ކޮށްދޭނެ، އަގަކީ އެންމެ 100 ރުފިޔާ އެއީ 200 އެމްއެލްގެ ފުޅިއެއް" ސުނީ ބުންޏެވެ.

ސުނީ ބުނީ އެ ތެލަކީ އޭނާގެ މަންމަ ރަށުގައި ހަދާ ތެލެއް ކަމަށާއި އެ ކަމަކީ އެންމެ ޒަމާނީ ގޮތަށް ހާނާ، އިލައިން ފެލައިގެން އުފައްދާ ތެލެއް ކަމަށެވެ. އެއްވެސް މެޝިނަރީއެއް ބޭނުން ނުކުރާ ކަމަށެވެ.

ސުނީ އިތުރަށް ބުނީ އެއީ 100 އިންސައްތަ ދިވެހި އުފެއްދުމެއް ކަމަށާއި ގަންނަން ބޭނުން ނަމަ 7347624  އަށް ގުޅުމުން ޑެލިވަރ ކޮށްދޭނެ ކަމަށެވެ. އަދި އަބަދުވެސް ތެޔޮ އުފައްދަނީ އޯޑަރު ލިބޭ ވަރަށް ބަލާފައިކަމަށާއި އެއީ ތާޒާ އުފެއްދުން ފޯރުކޮށްދިނުމަށް ކަމުގައިވެސް ސުނީ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް