އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު އަރުވާފައިވާއިރު، އިންޑިއާގެ އެޑްވާންސް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
އެކަން ހާމަކޮށްފައިވަނީ އިންޑިއާގެ ދަ ވަޔާ ނޫހުގައެވެ.
އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެ ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެ ޓީމު ރާއްޖެ އައުމުން، މޯދީ ރާއްޖެ އައުން ވަރަށް ބޮޑަށް ޔަގީންވީ ކަމުގައި އެ ނޫހުގައި ބުނެފައިވެއެވެ.
އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންފިނަމަ މޯދީގެ މި ދަތުރުފުޅު ވެގެންދާނީ އެތައް ގޮތަކުން ތާރީހީ ދަތުރުފުޅަކަށެވެ. އެއީ މޯދީގެ ފަސް އަހަރުގެ ދައުރު ނިމެން ގާތްވެފައިވާއިރު އޭސިއާގެ ގައުމުތަކުން މޯދީ ވަޑައިނުގަންނަވާ ހަމަ އެކަނި ގައުމަކީ ދިވެހި ރާއްޖެއަށް ވުމެވެ.
ނޮވެމްބަރު 17ގައި އިބޫ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު އިންޑިއާގެ ބޮޑުވަޒީރަށް ދައުވަތު ދެއްވާފައިވާނެކަމުގައި އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް