މިހާރުވެސް މަޖިލީހުގައި މެމްބަރުކަން ކުރައްވަމުންގެންދަވާ ބައެއް ބޭފުޅުނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން އުޅޭ ވާހަކައިގެ އަޑު ގަދަވެފައިވާއިރު، ޕްރައިމަރީ ބޭއްވުމާއިމެދި ގޮތެއް ނިންމާނީ އެ ދާއިރާއެއް ލިބޭ ޕާޓީއަކުން ކަމުގައި ގުޅިފައިވާ އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން، އެމްއޯޔޫގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/AhmedMahloof/status/1059682779099590656
އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ ކޯލިޝަން އިން އެކުގަ ވާދަކުރަން ވަނީ ނިންމާފައި ކަމަށެވެ އަދި ދާއިރާ ލިބޭ ޕާޓީގެ ޓިކެޓް ދޭނީ ޕްރައިމަރީއެއް ބާއްވާފަތޯ ނޫނީ ޕްރައިމަރީއަކާ ނުލާތޯ ނިންމާނީ އެ ޕާޓީއަކުން ކަމަށެވެ.
" އެ ހުރިހާކަމަކަށް ބަލާ އިންސާފު ކުރުމަށްފަހުއ އެންމެ ފަހުބަސް ބުނާނީ ރައްޔިތުން" މަހްލޫފް ވިދާޅުވެފައިވެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެމްޑިޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެގައި ވިދާޅުވެފައިވަނީ އެމްޑީޕީން ޓިކެޓް ދިނުމުގައި ޕްރައިމަރީއަކަށް ދާން ފެންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް