އެމްޑީޕީން ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށްފަހުގައި ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ހިންގުމުގައި ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް މުހިންމު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޕާލަމެންޓް ގޮނޑީގެ ޓިކެޓް ދިނުމަށް ޕްރައިމަރީ ބާއްވަނީ ދުނިޔޭގެ ވަރަށް މަދު ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. މިއީ ފައިދާއާއި ގެއްލުންހުރި ކަމެއްކަން އެމްޑީޕީ ތަޖުރިބާ ކޮށްފި ކަމަށެވެ.
"އެހެނަސް، ދެންވެސް އެމްޑީޕީ ޓިކެޓް ދޭން ފެންނަނީ ޕްރައިމަރީއަކަށްފަހު" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
https://twitter.com/MohamedNasheed/status/1059639569283305473
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ގޮނޑި ގެއްލުނު ކަމަށް ކުރިން އީސީން ނިންމި 12 މެމްބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން ލީޑަރުން ނިންމާފައިވާކަން ދޭހަވާފަދަ މޭރުމަކުން ކުރިގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއްޔެ ޓްވީޓެއް ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް