ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ސަންގު ޓީވީ ބަލައި ފާސްކޮށްފައިވާއިރު އެ ސްޓޭޝަން ރެއިޑް ކުރީ "އައިއެސް ވީޑިއޯ" އަޕްލޯޑް ކޮށްފައިވަނީ ސަންގު ޓީވީން ކަމުގެ ހެކި ފުލުހުންނަށް ލިބިފައިވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ފުލުހުން ސަންގު ޓީވީ ރެއިޑް ކުރީ 31 އޯގަސްޓްގައި އައިއެސް ނަމުގައި އަޕްލޯޑް ކޮށްފައިވާ ވީޑިއޯ އަޕްލޯޑް ކޮށްފައިވަނީ ސަންގު ޓީވީން ކަމުގެ ހެކި ފުލުހުންނަށް ލިބިފައި ވާތީ" ކަމަށެވެ.
ސަންގު ޓީވީ ބަލައި ފާސް ކުރުމަށްފަހު އެ ސްޓޭޝަންގައި ބޭނުންކުރާ ހުރިހާ ސިސްޓަމެއްގެ ހާޑް ޑިސްކުތަކާއި ސީސީޓީވީ ފުޓޭޖްތައް ފުލުހުން ގެންދިޔަ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.
ރޭގެ އެ ވަގުތުން ފެށިގެން ސަންގު ޓީވީގެ ބްރޯޑްކާސްޓިން ވަނީ ހުއްޓާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް