މިމަހުގެ ހަތަރު ވަނަ ދުވަހުންފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރައްޔިތުންގެ އަސާސީ މިނިވަންކަން ގެއްލިގެން ދާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އުވާލްން ޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.
އީޔޫ އިން މިހެން ބުނެފައިވަނީ އެ ޖަމާއަތުން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި އީޔޫން ބުނެފައިވަނީ އަސާސީ މިނިވަންކަމާއި ހައްގުތައް އަލުން ރައްޔިތުންނަށް ހޯދައިދިނުމަކީ ސަރުކާރުން މިހާރު ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ކުއްލި ހާލަތާ ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީން ދެކޭގޮތް ހާމަވާ ފަދަ ބަޔާނެއް ކަހަލަ ލިޔުމެއް ޝާއިއު ކުރުމަކީ އެކަހަލަ ހާލަތެއްގައި ކޮންމެހެން ކުރުން މުހިއްމު ކަމެއް ކަމަށް އީޔޫގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކުއްލި ހާލަތުގައި ހުރިހާ ޕާޓީތަކުން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވާއިރު ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އީޔޫގެ އިތުރުން ކޮމޮން ވެލްތު އަދި އެމެރިކާއިން ވެސް ގޮވާލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް