އަންހެނުންނާއި ހެދި އަމީތާބަށް ޝާރުކްގެ ކިބައިން މައާފަށް އެދެން ޖެހިއްޖެ

ޖަޔާ ބައްޗަންގެ ސަބަބުން ބޮލީބުޑްގެ ކިންގް ޝާރުކް ހާންގެ ކިބައިން އަބީތާބް ބައްޗަން މާފަށް އެދެން ޖެހިއްޖެ އެވެ. އަމީތާބު އޭނާގެ ކިބައިން މައާފަށް އެދެން ޖެހުނީ އެންމެ ފަހުން ނުކުތް ޝާރުކް ހާނާއި އަމީ...

06 Nov 2014 | 09:40

ޖަޔާ ބައްޗަންގެ ސަބަބުން ބޮލީބުޑްގެ ކިންގް ޝާރުކް ހާންގެ ކިބައިން އަބީތާބް ބައްޗަން މާފަށް އެދެން ޖެހިއްޖެ އެވެ.

އަމީތާބު އޭނާގެ ކިބައިން މައާފަށް އެދެން ޖެހުނީ އެންމެ ފަހުން ނުކުތް ޝާރުކް ހާނާއި އަމީތާބުގެ ދަރި އަބީޝެކް ބައްޗަން ކުޅެފައިވާ ހެޕީ ނިއު އިޔާ އަކީ މިފަހަކުން ނުކުތް އެންމެ ތާކުންތާކުން ނުޖެހޭ ފިލްމް ކަމަށް ޖަޔާ މީޑިއާގައި ބުނުމުން ނެވެ. އޭނާ އެދުވަހު ބުނީ ހެޕީ ނިއު އިޔާ އަކީ ވަރަށް ތާކުން ތާކުން ނުޖެހޭ ފިލްމެއް ކަމަށާއި އެވާހަކަ އެ ފިލްމްގެ ލީޑް ރޯލް ކުޅެފައިވާ ތަރި ޝާރުކް ގާތުގައިވެސް ބުނެފައިވާކަމަށެވެ. އަދި ހެޕީ ނިއު އިޔާގައި ކުޅެފައި އިން މޮޔަ ރޯލް ކުޅެގެން މޮޅު އެކްޓަރަކަށް ވާނަމަ އޭނާގެ ދަރިފުޅު އަބީޝެކް އަކީވެސް މޮޅު މީހެއް ކަމަށް އޭނާ ކައިރީ ބުނެފައިވާނެ ކަމަށް ޖަޔާ ބުންޏެވެ.

މިކަމާ ގުޅިގެން އަމީތާބް ވަނީ އެސްއެމްއެސްއަކުން ޝާރުކްގެ ކިބައިން މައާފަށް އެދިފައި އެވެ. އެ މެސެޖުގައި އަމީތާބު ވަނީ އޭނާގެ އަންހެނުންގެ ފަރާތުން މައާފަށް އެދި ޖަޔާގެ ވާހަކަތަކަކީ ޝާރުކް ހާން އަށާއި ފިލްމަށް ކުޑައިމީސް ބަހެއް ބުނުމުގެ ގޮތުން ދެއްކި ވާހަކަ ތަކެއް ނޫން ކަމަށް ބުނެފައި އެވެ.

ޖަޔާގެ މި ވާހަކަތަކާއި ގުޅިގެން އަބީޝެކްއާއި އައިޝްވާރިޔާ ރާއީ ބައްޗަން ވަނީ މައާފަށް އެދެން ޝާރުކް މެން ގެއަށް ގޮސްފައި އެވެ. ރިޕޯޓުތައް ބުނާގޮތުން ދަންވަރުގެ ވަގުތެއްގައި އެ ދެތަރިން އެ ގެއަށް ދިއުމުން ޝާރުކްގެ އަންހެނުން އެ ދެމީހުންނާއި ވާހަކަ ދައްކާހެދި އިރު ޝާރުކް އެމީހުން ކައިރިއަށް ނުކުމެފައި އެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް