އައިއެސްގެ މައްޗަށް ގަދަވެވޭ ކަމަށް ބުނަން އަދި އަވަސް: އޮބާމާ

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނު ކޮށްފައިވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއިން އިސްނަގައިގެން 20 އަށް ވުރެ ގިނަ ގައުމުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ހަނގުރާމައިގާ ކުރިއެރުންތައް ...

06 Nov 2014 | 09:24

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނު ކޮށްފައިވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާއިން އިސްނަގައިގެން 20 އަށް ވުރެ ގިނަ ގައުމުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ހަނގުރާމައިގާ ކުރިއެރުންތައް ލިބެނީ ނުވަތަ ކާމިޔާބު ލިބެނީ އެމެރިކާގެ ކޯލީޝަނަށް ކަމަށް ބުނަން އަދި މާ އަވަސް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

"އައިއެސް ނައްތާލުމުގެ ރޭވުމަކީ ދުރުރާސްތާ ރޭވުމެއް، މީ ދިގުދެމިގެންދާނެ ކެމްޕޭނެއް، އަހަރެމެންނަށް މޮޅުތަކެއް ލިބެއޭ، ކުރިއެރުންލިބޭ ބުނަން އަދި މާ އަވަސް" އޮބާމާ އިއްޔެ ވިދާޅުވި އެވެ.

އެމެރިކާގެ މިޑް-ޓާމް އިންތިހާބުގައި ސެނެޓުގެ އަޣުލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީން ނަގާފައިވާއިރު އޮބާމާ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސިފައިންގެ ފައުޖުތައް ބޭނުން ކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން ރިޕަބްލިކަންގެ ކޮންގްރެސްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އައިއެސް ނައްތާލާނެ ކަމަށްބުނެ އެމެރިކާއިން އިސްނަގައިގެން މިއަހަރުގެ އޮގަސްޓްމަހުން ފެށިގެން އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިރު އެމެރިކާއަށް މާ ބޮޑު ކުރިއެރުންތައް ލިބިފައިނުވާކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް