ސިވިލް ސާވަންޓުންނަށް މުސާރަ ނުދޭތީ ގާޒާގައި މުޒާހަރާ ކުރަނީ

ހަމާސް ޖަމާއަތަށް ނިސްބަތްވާ ސިފައިންނަށާއި އަމަން ބަލަހައްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފަލަސްތީނުގެ ސަރުކާރުން މުސާރަ ނުދޭތީ 20 ހާހަށްވުރެ ގިނަ ސިވިލް ސާވަންޓުން އިއްޔެ މުޒާހަރާކޮށްފި އެވ...

06 Nov 2014 | 09:23

ހަމާސް ޖަމާއަތަށް ނިސްބަތްވާ ސިފައިންނަށާއި އަމަން ބަލަހައްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފަލަސްތީނުގެ ސަރުކާރުން މުސާރަ ނުދޭތީ 20 ހާހަށްވުރެ ގިނަ ސިވިލް ސާވަންޓުން އިއްޔެ މުޒާހަރާކޮށްފި އެވެ.

އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގައި ހަމާސް އަށް ނިސްބަތްވާ ސްކޫލްތައް ފިޔަވައި މިނިސްޓްރީ ތަކާއި އޮފީސްތަކުގެ މުވައްޒަފުން ބައިވެރިވި ކަމަށް ހަބަރުފަތުރާ ވަސީލަތްތަކުން ބުނެ އެވެ.

2007 ވަނަ އަހަރު ހަމާސް އާއި ފަތަހަ ޖަމާއަތުގެ މެދުގައި ހިނގި ކުރިމަތިލުންތަކަށްފަހު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސާއެކު އެކުލަވާލާފައިވާ އެކުވެރިކަމުގެ ސަރުކާރުގެ ވަޒީފާގައި ހަމާސް ޖަމާއަތަށް ނިސްބަތްވާ 40 ހާހަށްވުރެ ގިނަ މުވައްޒަފުން ތިބެ އެވެ.

އޭގެ ތެރެއިން 24 ހާސް މުވައްޒަފުންނަށް މުސާރަ ދީފައިވާއިރު ބާކީ ތިބި މުވައްޒަފުންނަށް މުސާރަ އަދި ނުދޭ ކަމަށް ހަމާސް ޖަމާއަތުން ހާމަކުރެ އެވެ. އަދި މުސާރަ ނުދޭނަމަ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ހަމާސް ޖަމާއަތުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް