އިންޑިއަން ސުޕަރލީގު: އެނެލްކާގެ ގޯލާއެކު މުމްބާއީ އެފްސީ މޮޅުވެއްޖެ

ކުރީގެ ޗެލްސީ އަދި ފްރާންސް ގައުމީޓީމުގެ ފޯވަރޑް ނިކޮލަސް އަނެލްކާގެ ގޯލާއެކު މުމްބާއީ އެފްސީ މޮޅުވެއްޖެއެވެ. ހީރޯއިންޑިއަން ސުޕަރލީގުގައި ރޭ މުމްބާއީ އެފްސީއިން ޑެއްލީ ޑައިނަމޯސްގެ މައްޗަށް ކުރިހޯދާފ...

06 Nov 2014 | 08:09

ކުރީގެ ޗެލްސީ އަދި ފްރާންސް ގައުމީޓީމުގެ ފޯވަރޑް ނިކޮލަސް އަނެލްކާގެ ގޯލާއެކު މުމްބާއީ އެފްސީ މޮޅުވެއްޖެއެވެ.

ހީރޯއިންޑިއަން ސުޕަރލީގުގައި ރޭ މުމްބާއީ އެފްސީއިން ޑެއްލީ ޑައިނަމޯސްގެ މައްޗަށް ކުރިހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވެ މުމްބބާއީ އެފްސީވަނީ އިންޑިއަން ސުޕަރލީގުގެ ތާވަލުގެ 3 ވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވެ ދެއްލީ ޑައިނަމޯސްވަނީ ތާވާލުގެ 6 ވަނައަށް ވެއްޓިފައެވެ.

މެޗަށްފަހު ދެއްލީ ޑައިނަމޯސްގެ ކެޕްޓަން ޑެލް ޕިއަރޯ ބުނެފައިވަނީ މެޗުން ބަލިވުމުން އެކަމާއި ހިތްދަތިވާކަމަށެވެ. ނަމަވެސް އިންޑިއާ އޭނާގެ ސަޕޯޓަރުން އިތުރުވަމުން ދާތީވެ އެކަމާއި ހިތްހަމަޖެހޭކަމަށްވެސް ކުރީގެ ޖުވެންޓަސް ފޯވަރޑް ޑެލް ޕިއަރޯ ބުނެފައިވެއެވެ.

އިންޑިއަން ސުޕަރލީގުގައި މިރޭ ބައްދަލުކުރާނީ ކެރެލާ ބްލާސްޓަރސް އަދި އެފްސީ ގޯއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް