ހުއްދައާ ނުލައި ބޭންކިން ހިދުމަތް ދިން މައްސަލައިގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފި

ހުއްދައާ ނުލައި ބޭންކިންގެ ހިދުމަތް ދިނުމާއި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޓާސްކް ފޯސް ބައިވެރިކޮށްގެން މިއަދު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ. މި ...

06 Oct 2026 | 18:25
N/A

N/A

ހުއްދައާ ނުލައި ބޭންކިންގެ ހިދުމަތް ދިނުމާއި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޓާސްކް ފޯސް ބައިވެރިކޮށްގެން މިއަދު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހަތަރު ބިދޭސީންނާއި އެއް ދިވެއްސެއް ބަލައި ފާސްކޮށްފައިވެއެވެ. އެއާ އެކު ފިހާރައެއްގެ އިތުރުން ބިދޭސީއަކު ދިރިއުޅެމުންދިޔަ ތަނެއް ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް