ފަޅުރަށަކަށް ގޮސް އުޅުނު ކޮލަމާފުށީ މީހަކު ނިޔާވެއްޖެ

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ކަޅެހުއްޓާ ފަޅުރަށަށް ގޮސް އުޅެނިކޮށް ހާލު ސީރިއަސްވި 45 އަހަރުގެ ފިރިހެނަކު މިއަދު މެންދުރުފަހު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ގއ. ކޮލަމާފުށި އުދަރެސް އަހްމަދު މިސްހާ...

06 Oct 2026 | 11:33
N/A

N/A

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ކަޅެހުއްޓާ ފަޅުރަށަށް ގޮސް އުޅެނިކޮށް ހާލު ސީރިއަސްވި 45 އަހަރުގެ ފިރިހެނަކު މިއަދު މެންދުރުފަހު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ގއ. ކޮލަމާފުށި އުދަރެސް އަހްމަދު މިސްހާގެވެ. އޭނާގެ ހާލު ދެރަވެގެން މެންދުރުފަހު 14:30 ހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

އެ ހޮސްޕިޓަލުން ވަނީ މިސްހާގު ނިޔާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

މާތް ﷲ އަހްމަދު މިސްހާގަށް ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް