ޣައްޒާ މަސްރަޙް: މިސްރުގައި މަޝްވަރާތައް ފަށައިފި

ޢައްޒާ މަސްރަޙްގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލައިލާއިރު އެމެރިކާއިން އެކުލަވާލާފައިވާ މަގުޗާޓަށް އަމަލުކުރުމާއިމެދު މިސްރުގައި މަޝްވަރާތައް ފަށައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފުރަތަމަ މަ...

06 Oct 2025 | 15:46
އެމެރިކާއިން އެކުލަވާލި މަގުޗާޓުގެ ބައެއް ކަންކަމަށް އެއްބަސްވާކަމަށް ހަމާސް އަދި އިސްރާއީލުންވެސް ބުނެފައިވޭ -

އެމެރިކާއިން އެކުލަވާލި މަގުޗާޓުގެ ބައެއް ކަންކަމަށް އެއްބަސްވާކަމަށް ހަމާސް އަދި އިސްރާއީލުންވެސް ބުނެފައިވޭ -

ޢައްޒާ މަސްރަޙްގެ އެންމެ ފަހުގެ އަދާހަމަތަކަށް

ބަލައިލާއިރު އެމެރިކާއިން އެކުލަވާލާފައިވާ މަގުޗާޓަށް އަމަލުކުރުމާއިމެދު

މިސްރުގައި މަޝްވަރާތައް ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފުރަތަމަ މަރުޙަލާގައި

ނުސީދާކޮށް ކުރިއަށްގެންދާ މަޝްވަރާތަކުގައި މިއަދުގެ ދަންފަޅީގައި މިސްރާއި

ޤަތަރު ހިމެނޭހެން މީޑިއޭޓަރުން މިއަދު މަޝްވަރާކޮށްފައިވަނީ ހަމާސްގެ ވަފުދާއެވެ.

މާދަމާ އެ މީޑިއޭޓަރުން އިސްރާއީލުގެ ވަފުދާ މަޝްވަރާ ކުރާނެއެވެ. ހަމަ އެހެންމެ

އެއަށްފަހު އެ މީޑިއޭޓަރުން އެމެރިކާގެ ވަފުދާ މަޝްވަރާ ކުރާނެއެވެ.

މިސްރުގެ ޝާމް އަލް-ޝައިޚްގެ ދަ ރެޑް ސީ ރިސޯޓްގައި

ކުރިއަށްދާ މަޝްވަރާތަކުގައި މަޝްވަރާ އެ ކުރަނީ ހަމާސް އާއި އިސްރާއީލާއި ދެމެދު

ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެކުލަވައިލި މަގުޗާޓަށެވެ.

އެ މަގުޗާޓުގެ މައިގަނޑު ނުކުތާތަކަށް ބަލައިލާއިރު

އިސްރާއީލުން ޣައްޒާ ބިމުން ފޭބުމާއި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ

އަސީރުން މިނިވަން ކުރުމާއި އިސްރާއީލު ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ހައްޔަރީން

(އުމުރަށް ޖަލަށްލާފައިވާ 250 މީހުން ހިމެނޭހެން) މިނިވަން ކުރުމާއި ހަމާސް އިން

ހަތިޔާރު ބެހެއްޓުމާއި ޣައްޒާގައި ވަގުތީ މިނިވަން ބޮޑީއެއް އެކުލަވައިލުން

ހިމެނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ

ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ބިރުކުޑަ ހަމަލައިން ފެށުނު، އިސްރާއީލު،

ހަމާސްގެ ހަނގުރާމައަށް، ރާއްޖޭ ގަޑިން ބަލަނީނަމަ މާދަމާ ހެނދުނު 08:30 އަށް ދެ

އަހަރު ފުރޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް