ބަންގްލަދޭޝް ވަގުތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް!

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރާއި، އެސަރުކާރގެ ޗީފް އެޑްވައިޒަރ މުޙައްމަދު ޔޫނުސްގެ ވެރިކަމުގައި، އެގައުމުގައި ފުޅާ ދާއިރާއެއްގައި އިންސާނީ ހައްޤުތަކާއި ޚިލާފު އަމަލުތައް ހިންގަމުންދާތީ ބައިނަލްއަޤްވާމ...

06 Oct 2025 | 15:11
ބަންގްލަދޭޝް ވަގުތީ ސަރުކާރުގެ ލީޑަރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުން -

ބަންގްލަދޭޝް ވަގުތީ ސަރުކާރުގެ ލީޑަރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުން -

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރާއި، އެސަރުކާރގެ ޗީފް

އެޑްވައިޒަރ މުޙައްމަދު ޔޫނުސްގެ ވެރިކަމުގައި، އެގައުމުގައި ފުޅާ ދާއިރާއެއްގައި އިންސާނީ

ހައްޤުތަކާއި ޚިލާފު އަމަލުތައް ހިންގަމުންދާތީ ބައިނަލްއަޤްވާމީ މުޖްތަމައުން ކަންބޮޑުވުން

ފާޅުކޮށްފިއެވެ.

ގިނަ ޤައުމުތަކަކުން މިމައްސަލައިގައި ކަންބޮޑުވުން

ފާޅުކުރީ ދެކުނު އޭޝިޔާ އަދި ޔޫރަޕްގެ އިންސާނީ ޙައްޤުތަކުގެ ޙަރަކާތްތެރިންނާއި މާހިރުން

އިސްނަގައިގެން، ޖެނީވާގައި މިހާރު ކުރިއަށްދާ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ

60 ވަނަ ޖަލްސާގެ ހަވާސާ ޙަރަކާތެއްގައެވެ.

ހުކުރު ދުވަހު ބޭއްވުނު މި މަޝްވަރާގައި، 2024 ވަނަ

އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު، ބޮޑުވަޒީރު ޝައިޚް ޙަސީނާ ވައްޓާލުމަށްފަހު،

ކަންކަން ގޯސްވަމުންދާކަން ފާހަގަކުރެވުނެވެ. މި ޙަރަކާތުގައި ދެއްކުނު ފިލްމެއްގައި،

މީހުން މެރުމާއި، ބައިމަދު ޖަމާޢަތްތަކުގެ މީޙުންނަށް ޙަމަލާދިނުމާއި، ތަންތަން ހަލާކުކުރުމާއި،

އަވާމީ ލީގުގެ ޙަރަކާތްތެރިންނާއި މީޑިއާ ވަސީލަތްތަކާ ދެކޮޅަށް ހަރުކަށި ދީނީ ޖަމާޢަތްތަކުން

ދެމުންދާ އަނިޔާވެރި އިންޒާރުތައް ދައްކުވައިދިނެވެ.

މި ބައްދަލުވުމުގައި ފާހަގަކުރި ގޮތުގައި، ވަގުތީ ސަރުކާރު

ވެރިކަމާ ޙަވާލުވުމަށްފަހު، މަދުވެގެން 213 އަވާމީ ލީގުގެ ލީޑަރުން މަރާލައި، އިތުރު

އެތައް ބަޔަކަށް ހަމަލާތައް ދީފައިވެއެވެ. އަދި މިދިޔަ އަހަރުގެ ނަޞާރާއިން 17 ފައްޅިއެއްގައި

ރޯކޮށްލާފައިވާކަންވެސް އެބައްދަލުވުމުގައި ފާހަގަކުރިއެވެ. މި ބައްދަލުވުމުގައި ފާހަގަކުރި

ގޮތުގައި އިންސާނީ ޙައްޤުތަކުގެ ހާލަތު މީގެން ދުވަހަކު ދަށަށް ނުދާ މިންވަރަށް ބަންގްލަދޭޝްގައި

މިހާރު ވަނީ ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް