އިންޑިއާގެ ޑާޖެލިންގ: ފެންބޮޑުވުމުގެ ހާދިސާގައި މަރުވި އަދަދު 30 އާ ގާތަށް !

އިންޑިއާގެ ވެސްޓް ބެންގޯލްގެ ޑާޖެލިންގ ސަރަހައްދުގައި ހޮނިހިރު ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިނގަމުން އަންނަ ހިތާމަވެރި ހާދިސާތަކުގައި މަރުވި އަދަދު 28 އަށް އަރައި ގެއްލުނު މީހުންގެ އަ...

05 Oct 2025 | 23:43
މަރުވި މީހުންގެ ޢަދަދު ވަނީ 30 އާއި ގާތްކޮށްފައި -

މަރުވި މީހުންގެ ޢަދަދު ވަނީ 30 އާއި ގާތްކޮށްފައި -

އިންޑިއާގެ ވެސްޓް ބެންގޯލްގެ ޑާޖެލިންގ

ސަރަހައްދުގައި ހޮނިހިރު ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވެ ހިނގަމުން

އަންނަ ހިތާމަވެރި ހާދިސާތަކުގައި މަރުވި އަދަދު 28 އަށް އަރައި ގެއްލުނު މީހުންގެ

އަދަދު 30 އިން މައްޗަށް ގޮސްފިއެވެ.

އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި ގިނަ

ބަޔަކު މަރުވެފައިވަނީ ޑާޖެލިންގެ މިރްކް ހިލް ސްޓޭޝަން ސަރަހައްދުންނެވެ. އެއީ

ބިންގަނޑު އުސް ސަރަހައްދެވެ. އެ ސަރަހައްދުން ބިންގަނޑު ކަނޑައިގެން ގޮސް

ބިންގަނޑު ކަހާލައިގެން ދިއުމުގެ ހާދިސާތައް ހިނގަމުން އަންނައިރު ޑާޖެލިންގެ އެކި

ސަރަހައްދުތަކުން ބައެއް ބްރިޖުތައް ހަލާކުވުމާއި ގެތައް ބިމާއި ހަމަވުމާއި

މަގުތަކާއި އިންފްރާސްޓްރަކްޗަރ ހަލާކުވުން ހިމެނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޑާޖެލިންއަށް 261

މިމިލިމީޓަރު ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވާއިރު ކުރިއަށް އޮތް 24

ގަޑިއިރުގެ ތެރޭގައިވެސް ބޯކޮށް ވާރޭވެހި ހާލަތު އިތުރަށް ގޯސްވުމުގެ ފުރުޞަތު

އޮތް ކަމަށް އަންދާޒާކޮށްފައިވެއެވެ.

ހާލަތު ކުއްލިއަކަށް ގޯސްވުމުންނާއި ބައެއް ބްރިޖްތައް

ވެއްޓިފައިވުމުން ބައެއް ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށްވެސް

ވަނީ ބުރޫ އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް