މިސް ވޯލްޑް 2026 ގެ ތާޖު ޑޮމިނިކަން ރިޕަބްލިކުގެ ޖޮހެއިރީ މޮލާއަށް

މިސް ވޯލްޑް 2026 ގެ ތާޖު ޑޮމިނިކަން ރިޕަބްލިކުގެ އުމުރުން 24 އަހަރުގެ ޖޮހެއިރީ މޮލާއަށް ލިބިއްޖެ އެވެ. މިއަހަރު ބޭއްވި 73 ވަނަ މިސް ވޯލްޑް މުބާރާތް އޮތީ ވިއެޓްނާމުގެ ނާ ޓްރެންގް ސިޓީގައި އެވެ. 111 ޤައ...

06 Sep 2026 | 05:07
ޑޮމިނިކަން ރިޕަބްލިކުގެ ޖޮހެއިރީ މޮލާ --

ޑޮމިނިކަން ރިޕަބްލިކުގެ ޖޮހެއިރީ މޮލާ --

މިސް ވޯލްޑް 2026 ގެ ތާޖު ޑޮމިނިކަން ރިޕަބްލިކުގެ އުމުރުން 24 އަހަރުގެ ޖޮހެއިރީ މޮލާއަށް ލިބިއްޖެ އެވެ.

މިއަހަރު ބޭއްވި 73 ވަނަ މިސް ވޯލްޑް މުބާރާތް އޮތީ ވިއެޓްނާމުގެ ނާ ޓްރެންގް ސިޓީގައި އެވެ.

111 ޤައުމެއްގެ ބައިވެރިން ވާދަކުރި މި މުބާރާތުގައި ފުރަތަމަ ރަނަރއަޕް ލިބުނީ ސްޕެއިންގެ އެލިޒަބެތް ރެއިނެސް އެލެބާންއަށެވެ.

ދެވަނަ ރަނަރއަޕް އަކީ މެލޭޝިއާގެ ތާނޫސިޔާ ޗެޓީއެވެ. ތާނޫސިޔާ ވަނީ ބިއުޓީ ވިތް ޕާޕަސް މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

ޑޮމިނިކަން ރިޕަބްލިކަށް މިސް ވޯލްޑް ތާޖު ލިބުން މިއީ ދެވަނަ ފަހަރެވެ. އެ ޤައުމުން ފުރަތަމަ ފަހަރަށް އެ ތާޖު ހޯދީ 1982 ވަނަ އަހަރު މާރިއާސެލާ އެލްވަރެޒް މެދުވެރިކޮށެވެ.

ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާ މޮލާ ވަނީ އެމެރިކާސް އެންޑް ކެރީބިއަން ސަރަޙައްދުގެ ޓޮޕް މޮޑެލް މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

އަންނަ އަހަރުގެ 74 ވަނަ މިސް ވޯލްޑް މުބާރާތް ބާއްވާނީ ޓެންޒޭނިއާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް