ޝިޔާޒާ ވަކި ކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފި

މި އަހަރުގެ ޖުލައިމަހުގެ ތެރޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް އޮފިސަރެއްކަމުގައިވާ އައިޝަތު ޝިޔާޒާ މަޤާމުން ވަކިކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާމުދެ...

06 Sep 2025 | 15:42
އދ. ކުނބުރުދޫ، ދިލްބަހާރުގޭ، އުމުރުން 31 އަހަރުގެ އައިޝަތު ޝިޔާޒާ - ފޮޓޯ: ޕޮލިސް

އދ. ކުނބުރުދޫ، ދިލްބަހާރުގޭ، އުމުރުން 31 އަހަރުގެ އައިޝަތު ޝިޔާޒާ - ފޮޓޯ: ޕޮލިސް

މި އަހަރުގެ ޖުލައިމަހުގެ ތެރޭގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުސް އޮފިސަރެއްކަމުގައިވާ އައިޝަތު ޝިޔާޒާ މަޤާމުން ވަކިކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާމުދެމުން ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލަ ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށެވެ.

ޖުލައި މަހުގެ ތެރޭގައި ޝިޔާޒާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބަލައިދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއިގުޅިގެންނެވެ.

ޝިޔާޒާއާއެކު ނޫސްވެރިކަމުގައި އުޅުނު ސައިފުﷲ އަހުމަދުވެސް ހައްޔަރުކުރިއެވެ. އެ ދެމީހުންވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވްކަން ކޯޓު ބަންދު އަމުރުން އެނގެން އޮވެއެވެ.

އެ ދެމީހުން ހައްޔަރުކުރީ ވިޔަފާރިވެރިންގެ މިސްކިތް ސަރަހައްދުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް