އުނގޫފާރުގައި ހަރަކާތްތެރިވަމުން އަންނަ ޑަކުޓަރުންގެ ޓީމު -
އައުޓްރީޗް ޕްރޮގްރާމްގެ ދަށުން އޮޕަރޭޝަންސް ޑަކުޓަރުންގެ
ކޭމްޕެއް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްއެބަގެންދެއެވެ.
މި ކޭމްޕަކީ މިއަދުން ފެށިގެން ހޯމަ ދުވަހާއި
ހަމައަށް ކުރިއަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕްގައި މާލޭ ސިޓީ ގްރޫޕް އޮފް
ހޮސްޕިޓަލްސް އިން ސާޖަރީތަކާއި ގުޅޭ ޚާއްޞަ އަށް ޑަކުޓަރަކު ބައިވެރިވެއެވެ.
މި ކޭމްޕްގައި ބައިވެރިވާ ޑަކުޓަރުން:
ޑރ. މުޙައްމަދު ވަހީދު – ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން
އަދި އެޑްވާންސް ވޫންޑް ކެއަރގެ ޚާއްޞަ
ޑރ. އަބްދުﷲ އަދްސަރު – ކުޑަކަމުދާ ނިޒާމުގެ
އޮޕަރޭޝަންތަކުގެ ޚާއްޞަ
ޑރ. މުޙައްމަދު ޝިފާން – ކެންސަރުގެ އޮޕަރޭޝަންތަކަށް
ޚާއްޞަ
ޑރ. ޢާއިޝަތު އަޒްނާ އަލީ – ގޮހޮރުގެ އަދި ބެރިއަކްޓްރިކް
ސާޖަރީގެ ޚާއްޞަ
ޑރ. މުހައްމަދު ޝަރީފް – ޢާއްމު އޮޕަރޭޝަން އަދި
ލެޕްރޯސްކޮޕިކް ސަރޖަރީއަށް ޚާއްޞަ
ޑރ. އަސްޢަދު މުހައްމަދު ޝަހީދު – ހޭނެއްތުމާއި އަދި
ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ
ޑރ. އަލީ ނިޔާފް – ސިކުނޑިއާއި ނާރުގެ
އޮޕަރޭޝަންތަކުގެ ޚާއްޞަ
ޑރ. ޢަބްދުﷲ ޢުބައިދް – ޢާއްމު އަދި ލެޕްރޮސްކޮޕިކް
ސާޖަރީގެ ޚާއްޞަ
މި ކޭމްޕާއި ގުޅޭގޮތުން މާލޭ ސިޓީ ގްރޫޕް އޮފް
ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާގް ހަލީމް މިއަދު
ވިދާޅުވެފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްދާ ކޭމްޕްގައި އެކި
ސްޕެޝަލިޓީތަކުން ޑަކުޓަރަށް ދެއްކުމާއި ސާޖިކަލް އޮޕަރޭޝަންތައް ކުރުމާއި
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑަކުޓަރުންނާއި ނަރުހުން ތަމްރީނު ކުރުމުގެ
އިތުރުން އެ ހޮސްޕިޓަލުގެ ކްލިނިކަލް އަދި ފަންކްޝަނަލް ކެޕޭސިޓީ އެސެސްކުރުން
ހިމެނޭ ކަމަށެވެ.
ރާއްޖޭގެ އަތޮޅުތަކުގައި ދެއްވާ ޞިއްޙީ ޚިދުމަތް
އިތުރަށް ފުޅާކުރުމަށް، ހެލްތު މިނިސްޓްރީއާއި ރީޖަނަލް ހޮސްޕިޓަލްތަކާ ގުޅިގެން މާލޭ
ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދައުރު އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް
ގާތުން ޚިދުމަތް ދިނުމަކީ މުޙިއްމު އަމާޒެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް