ހުރިހާ ރަށެއްގައި މާދަމާ ރޭ ކޭތަ ނަމާދު ކުރާނެ

އާދީއްތަ ދުވަހުގެރޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. އެ މިނިސްޓްރީން އެކަން އަންގާފައިވަނީ ކައުންސިލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައެވެ. މިނިސްޓްރީގެ...

06 Sep 2025 | 07:43
ސަލްމާނު މިސްކިތުގައި ރޯދަމަހެއްގައި ކުރެވުނު ދަމުނަމާދެއް - ފައިލް ފޮޓޯ: ދުވަސް

ސަލްމާނު މިސްކިތުގައި ރޯދަމަހެއްގައި ކުރެވުނު ދަމުނަމާދެއް - ފައިލް ފޮޓޯ: ދުވަސް

އާދީއްތަ ދުވަހުގެރޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު

ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން އެކަން އަންގާފައިވަނީ ކައުންސިލްތަކަށް

މިއަދު ފޮނުވި ސާކިއުލާއެއްގައެވެ.

މިނިސްޓްރީގެ އެ ސާކިއުލާގައި ބުނެފައިވަނީ

ސެޕްޓެމްބަރު 07 ވާ އާދިއްތަ ދުވަހުގެ ރޭ ހަނދުކޭތައެއް ހިފާނެ ކަމަށާއި މި

ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭގެ ގަޑިން އެ ރޭ 08:28ގައި ކަމަށާއި އަދި ކޭތަ

އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭގެ 11:11ގައިކަން ފާހަގަކުރާ ކަމަށެވެ.

"ހަނދުކޭތަ ވީއްލާނީ ރާއްޖޭގެ ގަޑިން އެރޭގެ

މެންދަމުން އަލިވެ 01:55 ގައި" މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި

ހުންނަ އެންމެ ބޮޑު މިސްކިތުގައި 2025 ސެޕްޓެމްބަރު 07 ވާ، އާދީއްތަ ދުވަހުގެ

ރޭގަނޑު 11:12ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު ކައުންސިލު އިދާރާއިން ހަމަޖެއްސުމަށް

އިސްލާމިކް މިނިސްޓްރީން އެދިފައިވެއެވެ.  ކޭތަ ނަމާދުގެ ޚުޠުބާ 2025 ސެޕްޓެމްބަރު 07 ވާ،

އާދީއްތަ ދުވަހު މި މިނިސްޓްރީގެ ވެބްސައިޓްގައި އަޕްލޯޑްކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް