ރައީސް މި ފަހުން ކުޅުދުއްުފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމ ހިލޭ އެހީ
ނުވަތަ ބްލޮކް ގްރާން ދޭގޮތް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު
މުޢިއްޒު ނިންމަވައިފިއެވެ.
އެކަން ރައީސް ހާމަކުރެއްވީ ރޭގައި ސޯޝަލް މީޑިއާގައި
ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ޤާނޫނު ނަންބަރު
7/2010 (ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ
79 ވަނަ މާއްދާ)ގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ޢާންމު ހިލޭ އެހީގެ ފައިސާ
(ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅުއްވާފައިވާ ފިސްކަލް ފޯރމިއުލާ
ގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށާއި ނަމަވެސް، އާބާދީ ކުޑަ
ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދު ނޫން
ކަމަށެވެ.
އެހެން ކަމުން، ބްލޮކް ގްރާންޓު ގެ ފިސްކަލް ފޯރމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި
ރައީސް ވިދާޅުވިއެވެ.
މި ބަދަލު ގެންނަން ނިންމަވާފައިވާކަން ރޭގައި
ރައީސް އިޢުލާނުކުރެއްވިއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް
އިތުރަށް ބާރުވެރިކުރުވުމަށްޓަކައި، އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން
ދެ ބަދަލެއް ގެނައުމަށްވެސް ރައީސް ރޭގައި ނިންމެވިއެވެ.
އެ ދެ ބަދަލަކީ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލް
ބަޖެޓުން ދެމުންގެންދާ ފަސް އިންސައްތައިގެ ބަދަލުގައި އެ ޢަދަދު ދެގުނަ ބޮޑުކޮށް
10 އިންސައްތައަށް ބަދަލުކުރުމާއި ކޮމިޓީގެ މެންބަރުންނަށް ދޭ ރޯދަ އިނާޔަތް ކޮމިޓީގެ
ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމުގެ
ބަދަލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް