ގޭންގުތަކާބެހޭ އާ ޤާނޫނުގެ ދަށުން ތިން މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި

ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭގޮތަށް މިދިޔަމަހު އަމަލުކުރަން ފެށި އާ ޤާނޫނުގެ ދަށުން ތިން މީހަކު ހައްޔަރުކޮށް އެ ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ...

05 Sep 2025 | 19:05
ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލްފޮޓޯ: ދުވަސް

ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލްފޮޓޯ: ދުވަސް

ގޭންގު ކުށްތަކާއި ނުރައްކާތެރި ކުށްތަކާއި

ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭގޮތަށް މިދިޔަމަހު އަމަލުކުރަން ފެށި އާ ޤާނޫނުގެ

ދަށުން ތިން މީހަކު ހައްޔަރުކޮށް އެ ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މިކަން ހާމަކޮށް މިރޭ ފުލުހުން ބުނެފައިވަނީ އެފަދަ

މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

"މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ

ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް

ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން

ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް

ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު

އަމުރެއްގެ ދަށުން 2025 ސެޕްޓެމްބަރ 3 ވަނަ ދުވަހު ބަލައި ފާސްކޮށް އެ ގެއިން ތޫނު

ހަތިޔާރު ފެނިފައިވާ މައްސަލައިގައި މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ.

މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު

(22އ) ވަނީ ހައްޔަރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު

ކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު

15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށާއި މި އަމުރު ކޯޓުން ކޮށްފައިވަނީ،

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ

ދަށުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް