ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިރޭ 10:30 ހާއިރުގައެވެ. ސަމާލު ނެރެފައިވަނީ މިރޭ 10:30 އިން ދަންވަރު 01:...

06 Sep 2019 | 17:57

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިރޭ 10:30 ހާއިރުގައެވެ. ސަމާލު ނެރެފައިވަނީ މިރޭ 10:30 އިން ދަންވަރު 01:30 އާއި ދެމެދުގެ ވަގުތަށެވެ.

މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށެވެ.

ހުވަދު އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު މާލެ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް ހުދު ސަމާލުވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިން ނެރެފައިވެއެވެ.

އެ ސަމާލު ނެރެފައިވަނީ މިރޭ 10:00 އިން ފަތިހު 4:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމުގައިވެސް ހުދު ސަމާލުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް