މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ން ތަފާތު ކެމްޕެއިނެއް ފަށައިފި އެވެ.
"މިއޮތީ ރަސީދު" ގެ ނަމުގައި ފެށި މި ކެމްޕެއިން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ އެވެ. މި ކެމްޕެއިނަކީ ވިޔަފާރިކުރާ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިޔަށް ގެންދާ ކެމްޕެއިނެ ކެވެ.
މި ކެމްޕެއިންގައި ބައި ލައްކަ ރުފިޔާ އިނާމުގެ ގޮތުގައި ދޭނެ އެވެ. ހޮވާ ވަނަތަކުގެ ތެރޭގައި ކޮންމެ މަހަކު އެންމެ ގިނަ ތަންތަނުން ރަސީދު ހޯދާ ފަރާތަކާއި އެންމެ ގިނައިން ސައްހަ ނޫން ރަސީދު ހޯދާ ފަރާތެއްގެ އިތުރުން ކެމްޕެއިން ކުރިޔަށް ގެންދާ މުއްދަތުގައި އެންމެ ގިނައިން ރަސީދު ހޯދާ ފަރާތެއް ހޮވާނެ އެވެ.
މީރާއިން ބުނީ މި ކެމްޕެއިންގައި ބައިވެރިވުމަށް ވިޔަފާރި ކުރުމުން ލިބޭ ރަސީދުގައި އެމީހެއްގެ ފޯން ނަމްބަރު ލިޔުމަށް ފަހު ރަސީދުގެ ފޮޓޯއެއް 9551415 ނަމްބަރަށް ވައިބާ ކުރާނީ ކަމަށެވެ. މި ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު 1415 ން ލިބޭނެ އެވެ.
މިއީ މި ކެމްޕެއިން ކުރިޔަށް ގެންދާ ދެވަނަ ފަހަރެވެ. 2015 ވަނަ އަހަރުވެސް މިފަދަ ކެމްޕެއިނެއް ކުރިޔަށް ގެންގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް