ސީރިއާއަށް ދާން އުޅުނު ދެ ދިވެހިން މެލޭޝިއާއިން ހައްޔަރު ކޮށްފި

ހަނގުރާމައިގަ ބައިވެރިވުމަށް ސީރިއާއަށް ދާން އުޅުނު ދެ ދިވެހިން މެލޭޝިއާ ފުލުހުން ހައްޔަރު ކޮށްފި އެވެ. އެ ދެމީހުން ހައްޔަރު ކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއަކާއި ދެކޮޅަށް ފުލުހުން ހިނ...

06 Sep 2017 | 05:50

ހަނގުރާމައިގަ ބައިވެރިވުމަށް ސީރިއާއަށް ދާން އުޅުނު ދެ ދިވެހިން މެލޭޝިއާ ފުލުހުން ހައްޔަރު ކޮށްފި އެވެ.

އެ ދެމީހުން ހައްޔަރު ކުރީ މެލޭޝިއާގައި ދޭން އުޅުނު ޓެރަރިސްޓު ހަމަލާއަކާއި ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެކަމަކު އެ ދެމީހުންނަކީ އެ ހަމަލާ އާއި ގުޅުން ހުރި ބައެއް ކަމަކަށް ނުވެ އެވެ.

ހައްޔަރު ކޮށްފައިވާ ދިވެހިންގެ ވަނަވަރު ހާމައެއް ނުކުރެއެވެ. މެލޭޝިއާ ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 29 އަހަރާއި 33 އަހަރުގެ ދެމީހުން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުންނަކީ މެލޭޝިއާގައި އެއާ ކޮންޑިޝަންގެ މަސައްކަތް ކުރާ ދެމީހުންނެވެ. އެމީހުން ހައްޔަރު ކުރީ މެލޭޝިއާ އާއި ސިންގަޕޫރު ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ސީރިއާއަށް ހަނގުރާމަ ކުރަން ދާން އުޅުމުގެ ތުހުމަތުގަ އެވެ.

ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން އެކި ގައުމުތަކަށް ނިސްބަތްވާ 17 މީހަކު ހައްޔަރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް