މިޔަންމާގައި މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ގުނޫތު ކިޔަން އަންގައިފި

މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތު ކިޔަން އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރ...

06 Sep 2017 | 05:37

މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތު ކިޔަން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ރޭ މަޣްރިބް ނަމާދުން ފެށިގެން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ކިޔުމަށް އަންގާ ކަމަށެވެ. ގުނޫތު ކިޔަން އަންގާފައި ވަނީ މިނިސްޓްރީން ހުއްޓާލަން އަންގަންދެންނެވެ.

މިއީ މުސީބާތުގެ ވަގުތުގައި ކިޔުމަށް ހާއްސަ ދުއާއެކެވެ. މުސްލިމުންނަށް ކުރިމަތިވި ބޮޑެތި ބައެއް މުސީބާތްތަކާ ގުޅިގެން ކީރިތި ރަސޫލާ މިފަދައިން ދުއާ ކުރައްވާފައިވެ އެވެ. އެ ދުއާ ވަނީ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައި އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް މިޔަންމާ އަސްކަރިއްޔާއިން ދެމުންދާ ލާއިންސާނީ އަނިޔާތަކުގައި އަންހެނުންގެ އިތްފަތް ފޭރިގަނެ، ދިރިހުއްޓާ އެންދުމުގެ އިތުރުން އެމީހުންގެ ގޭގޭގައި ދަނީ ހުޅު ޖަހަމުންނެވެ. އެ ހަމަލާތަކުން ސަލާމަތްވުމަށް އެތައް ހާސް މުސްލިމުންނެއް ބަންގްލަދޭޝްއަށް ހިޖުރަ ކުރަމުންދާއިރު މުސްލިމު ގައުމުތަކުން ދަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ރޮހިންޔާ މުސްލިމުންނަށް އެހީތެރުވުމަށް ރާއްޖޭގައިވެސް ޓެލެތޯން ހިންގުމަށް އެކި ފަރާތްތަކުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް