އަދްހަމް: މި އަހަރު އެކަނިވެސް ގެފުޅުގެ ވަށައި 700 ބުރު ޖަހައިފި، އެކަމަކު ހައްޖެއް ނުކުރޭ !

ފޮޓޯގައި އެވަނީ، މެދު އުމުރުގެ، ސައުދީ ރައްޔިތެއް ކަމުގައިވާ އަދްހަމް އަލް ހައްވާޝް އެވެ. މި އަހަރު އެކަނިވެސް އޭނާ، ކައުބަތުﷲ ގެފުޅުގެ ވަށައި 700 ބުރު ޖަހައިފި އެވެ. ނަމަވެސް ހައްޖުގެ އަޅުކަން އަދާކު...

05 Sep 2017 | 23:24

ފޮޓޯގައި އެވަނީ، މެދު އުމުރުގެ، ސައުދީ ރައްޔިތެއް ކަމުގައިވާ އަދްހަމް އަލް ހައްވާޝް އެވެ. މި އަހަރު އެކަނިވެސް އޭނާ، ކައުބަތުﷲ ގެފުޅުގެ ވަށައި 700 ބުރު ޖަހައިފި އެވެ. ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރުމުގެ ގޮތަކުން ނޫނެވެ.

ސައުދީ ގެޒެޓަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ދިރިއުޅުމަށް ފައިސާ ހޯދުމަށް އޭނާ ކުރާ ކަމަކީ ހައްޖުވެރިންނަށް އޭނާ ގެންގުޅޭ ފުރޮޅުލީ ގޮނޑި ކުއްޔަށް ދޫކުރުމެވެ. ހަމަ އެކަނި ގޮނޑި ކުއްޔަށް ދޫކޮށްލަނީކީ ނޫނެވެ. ގޮނޑި ކުއްޔަށް ނަގާ ފަރާތެއް ތޮވާފު ކުރުމުގައި ގޮނޑި ދުއްވައިދެނީ އެވެ.

އޭނާ ބުނެފައިވަނީ އެކަމުން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރެވޭވަރުގެ ތަނަވަސްކަން އަދި ލިބިފައި ނުވާ ކަމަށެވެ.

އަދްހަމް ބުނެފައިވަނީ އޭނާ އެ މަސައްކަތް ފެށީ އޭނާގެ މަންމަގެ އެދުމުގެ މަތިން ކަމަށާއި ހައްޖަކީ މޫސުމީ ކަމެއް ނަމަވެސް އާއިލާގެ ކަންކަން ބަލަހައްޓާނެ ފައިސާ އޭނާގެ މަސައްކަތުން އޭނާއަށް ލިބޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް