ޔަމަނުގައި ކޮލެރާ ފެތުރުން ކުރިއަށް – ބަލި ޖެހުނު މީހުންގެ އަދަދު ބައި މިލިޔަނަށް

ޔަމަނުގައި ދާހިލީ ހަނގުރާމަ ހިނގަމުން އަންނަތާ ދެ އަހަރުވެފައިވާއިރު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އެގައުމުގައި ކޮލެރާ ފެތުރި އެ ބަލީގެ ނުރައްކާތެރިކަން ވަނީ ބޮޑުވާން ފަށާފަ އެވެ މިހާތަނަށް އެ ބ...

05 Sep 2017 | 22:36

ޔަމަނުގައި ދާހިލީ ހަނގުރާމަ ހިނގަމުން އަންނަތާ ދެ އަހަރުވެފައިވާއިރު މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އެގައުމުގައި ކޮލެރާ ފެތުރި އެ ބަލީގެ ނުރައްކާތެރިކަން ވަނީ ބޮޑުވާން ފަށާފަ އެވެ މިހާތަނަށް އެ ބަލީގައި ދެހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އދގެ ސިއްހަތު ޖަމިއްޔާއިން އިއްޔެ ހާމަކޮށްފައިވާގޮތުގައި އޭޕްރީލް މަހުން ފެށިގެން މިހާތަނަށް ކޮލެރާ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ބައިމިލިޔަނަށްވުރެ މައްޗަށް ގޮސްފަ އެވެ.

އދގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު އެޗް އޯ) އިން ހާމަކޮށްފައިވާގޮތުގައި ފާއިތުވި ދެ މަހެއްހާ ދުވަހުގެ ކޮލެރާ ފެތުރުން ޔަމަނުގައި ކޮންމެވެސް މަރަކަށް މަޑުޖެހުނެވެ. ނަމަވެސް އަނެއްކާވެސް އެ ބަލި ފެތުރުން މިހާރުވަނނީ އިންތިހާއަށް އިތުރުވެފައިވާކަމަށާއި އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ތިން ހާހާ  ގާތްކުރާ އަދަދަކަށް މީހުންނަށް އެ ބަލި ޖެހެމުން އަންނަ ކަމަށް ޑަބްލިއު އެޗް އޯ އިން ވަނީ ހާމަކޮށްފަ އެވެ.

އެ ޖަމިއްޔާއިން ހާމަކުރާގޮތުގައި ޔަމަނުގައި ކޮލެރާ އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ވެރިރަށް ސަނާ އާއި ހައްޖާ އަދި އަމްރާން ގަވަރުނަރޭޓުގަ އެވެ. ދާހިލީ ހަނގުރާމައިގެ އަސަރުވެސް އެންމެ ބޮޑަށް ކޮށްފައިވަނީ ވެރިރަށް ސަނާ އަށެވެ. ސަނާ ކޮންޓްރޯލް ކުރަމުން އަންނަނީ ހޫތީން ކަމުގައިވާއިރު ހޫތީންގެ އަތްދަށުން ސަނާ ހޯދުމަށް އަބަދުވެސް ހަމަލާތައް ބަދަލުކުރެވެމުން ދެ އެވެ.

ޔަމަނުގެ އާދަޔާ ހިލާފު ބާރުމިނެއްގައި ކޮލެރާ ފެތުރެން ފަށާފައިވަނީ އެގައުމުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން، ގައުމުގެ އާއްމު ރައްޔިތުންނަށް ސާފު ބޯފެން ލިބުން ދަތިވުމުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް