އިޒްރޭލުން ފަލަސްތީނުގެ ބިމުގައި ވަޒަންވެރިވުމަށް ހިންގަމުން އަންނަ ޖަރީމާގެ ތެރެއިން، ބާރު ބޭނުންކޮށްގެން އޫރުސަލީމުން ފަލަސްތީނުގެ އާއިލާއެއް މަގުމަތި ކޮށްފި އެވެ.
އޫރުސަލީމުގައި ފަލަސްތީނަށް ނިސްބަތްވާ، ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ އާއިލާއެއް ދިރިއުޅެމުންދިޔަ ގެ ހުސްކޮށް އިޒްރޭލު އޮފިޝަލުންގެ ބާރުގެ ދަށަށް ގެންދިޔައީ ޔަހޫދީ ގެތަށް އެޅުމަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން ކަމަށް ބުނެ އެވެ.
އެ ގެއިން އެ އާއިލާ ބޭރުކުރީ ފުލުހުންގެ އެހީތެރިކަމާއެކު އިޒްރޭލުގެ މުނިސިޕަލް އޮފިސަރުން ގޮހެވެ. އެ އާއިލާ ގެއިން ބޭރުކޮށް މަގުމަތިކޮށްފައިވާއިރު އޫރުސަލީމުގައި ހުރި މިފަދަ ގެތަކުން، 1967ގައި އިޒްރޭލުން އެ ސަރަހައްދު ހިސޯރުކުރިފަހުން ކުލީގެ އުސޫލުން ފައިސާ ނަގަމުންދިޔަ ގެތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް