ކަނޑުމަތީ ހާދިސާއެއްގައި ފުލުހަކާއި ސިފައިންގެ މީހަކާއި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަނީ

ކަނޑުމަތީ ހާދިސާއެއްގައި ދިވެހި ފުލުހަކާއި ސިފައިންގެ މީހަކާއި ދޯންނެއްގެ ކެޕްޓަނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. ދިވެހި ސިފައިން ބުނެފައިވަނީ ލާމު އަތޮޅުން ފުރައިގެން ހުވަދު އ...

06 Aug 2026 | 01:13
N/A

N/A

ކަނޑުމަތީ ހާދިސާއެއްގައި ދިވެހި ފުލުހަކާއި ސިފައިންގެ މީހަކާއި ދޯންނެއްގެ ކެޕްޓަނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ.

ދިވެހި ސިފައިން ބުނެފައިވަނީ ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ.

"މި ހާދިސާ ހިނގިއިރު ދޯނީގައި ތިބީ އަށް މީހަކު، އެ އެންމެންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތްކޮށްފައި، ގެއްލިފައިވާ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަނާއި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި ފުލުހުންގެ ބޭކަލެއް" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް