ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ގައުމެއް، އެ ގައުމުގެ އިގްތިސާދީ އަސްކަރިއްޔާއެއް ރާއްޖެއަކު ނެތް: ޝަމާލް

ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ގައުމަކަށް ވިއަސް، އެ ގައުމުގެ އަސްކަރިއްޔާއެއް ރާއްޖެއަކު ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. މޭޖާ ޖެނެރަލ...

06 Jul 2019 | 06:25

ޗައިނާއަކީ އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ގައުމަކަށް ވިއަސް، އެ ގައުމުގެ އަސްކަރިއްޔާއެއް ރާއްޖެއަކު ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މޭޖާ ޖެނެރަލް ޝަމާލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ސްޓްރެޓިޖިކް ނިއުސް  ޗެނަލް (އެސްއެންއައި)އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ވިދާޅުވީ، ޗައިނާއަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އެހީތެރިވަމުން އަންނަ ގައުމެއް ކަމަށާއި، އަދި އެއީ އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ފުޅާވެފައިވާ ގައުމެއްކަން ޝަމާލް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެމިކުފާން ވިދާޅުވީ ރާއްޖެވަނީ ބޭރުގެ އެކި ގައުމުތަކަށް ބަރޯސާވެފައި ކަމަށާއި، އަދި އެފަދައިން ގައުމުތަކަށް ބަރޯސާވުމަކީ ގައުމީ މަސްލަހަތާއި ގުޅުން ހުރި ކަމެއްކަމަށެވެ.

"ރާއްޖެ އިން އެކި ކަންކަމުގައި (ގައުމުތަކާ) ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހޭ. އަޅުގަނޑުމެން ވަކިވެ ގަނެގެން ތިބުމަކީ ކުރާނެ ކަމެއް ނޫން،" ޗައިނާގެ އަސްކަރީ ބޭސްއެއް ހަދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި ޝަމާލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަވައްޓެރި ގައުމުތަކުގެ ތެރެއިން ޗައިނާ ފާހަގަކުރެވިފައިވަނީ ރާއްޖެއާއި އެންމެ ގާތް ގުޅުމެއް އޮތް ގައުމުގެ ގޮތުގައެވެ. އެގޮތުން ދެ ގައުމުގެ މެދުގައި ތަރައްގީގެ އެކި މަޝްވަރާތައްކުރެވި އަމަލީގޮތުންވެސް އެ ކަންކަން ދައްކާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އާއި ދޭތެރޭ އަޅާފައިވާ ސިނަމާލް ބްރިޖް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް