ހިތަދޫ އުތުރު ބައި-އިލެކްޝަން އެމްޑީޕީގެ ސޯބެ ކާމިޔާބުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޢަބްދުﷲ ޞާދިޤު (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ. ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަ...

06 Jun 2026 | 14:10
N/A

N/A

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޢަބްދުﷲ ޞާދިޤު (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ. ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަޙްމަދު ސަޢީދު (ސޮޑާ) ބަލިކުރައްވައިގެންނެވެ.

މިއަދު ބޭއްވި މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4،121 މީހުންގެ ތެރެއިން 60 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވެއެވެ.

ކުރީގެ އައްޑޫ ސިޓީ މޭޔަރުގެ މަގާމު ފުރުއްވި ސޯބެ މި ގޮނޑި ކާމިޔާބުކުރެއްވުމާ އެކު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 13 އަށް އިތުރުވެގެން ދިޔައެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު އުޅެނީ 74 ގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުޙައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. ސިނާނަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މި އަހަރުގެ އެޕްރީލް 12 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް