ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 84 މެޑިކަލް އިވެކުއޭޝަން ކޮށްދީފި

ވޭތުވެދިޔަ ހަފުތާގައި ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލި މީހުން އުފުލުމުގެ 84 މެޑިކަލް އިވެކުއޭޝަން ދަތުރު އެމްއެންޑީއެފް ކޯސްޓްގާޑުން ކޮށްދީފައިވާ ކަމަށް އެ ފޯސް އިން ބުނެފިއެވެ. އެންމެ ގިނަ ދަތުރު ކ...

06 Jun 2026 | 08:53
N/A

N/A

ވޭތުވެދިޔަ ހަފުތާގައި ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލި މީހުން އުފުލުމުގެ 84 މެޑިކަލް އިވެކުއޭޝަން ދަތުރު އެމްއެންޑީއެފް ކޯސްޓްގާޑުން ކޮށްދީފައިވާ ކަމަށް އެ ފޯސް އިން ބުނެފިއެވެ.

އެންމެ ގިނަ ދަތުރު ކޮށްދީފައި ވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަނުންނެވެ. އެ ސްކޮޑްރަނުން 54 އިވެކުއޭޝަން ދަތުރު ކޮށްދީފައިވެއެވެ. ކޯސްޓްގާޑް ތާޑް ސްކޮޑްރަނުން 16 ދަތުރު، ސެކަންޑް ސްކޮޑްރަނުން 10 ދަތުރު އަދި ފޯތް ސްކޮޑްރަނުން ހަތަރު ދަތުރު ކޮށްދީފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ކުއްލި ހާލަތްތަކުގައި ބަލި މީހުން ފަރުވާ ލިބޭ މަރުކަޒުތަކަށް ގެންގޮސްދިނުމަކީ ކޯސްޓްގާޑުން ޤަވާއިދުން ކުރަމުން އަންނަ މަސައްކަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް