ޖަޕާނު އެމްބަސީގެ އެހީގައި އެމްއެންޔޫ އިން ޖަޕާނު ބަހުގެ ކޯހެއް

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީ އާއި ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާ އެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާރޓްސް އިން "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1" ...

06 May 2026 | 04:59
N/A

N/A

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީ އާއި ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާ އެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާރޓްސް އިން "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1" ގެ ނަމުގައި ކޯހެއް ފަށައިފިއެވެ.

މި ކޯހަކީ ޖަޕާނު ބަސް ދަސްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށް، ބަހުގެ ހުނަރުތައް ތަރައްޤީކުރުމަށް ހިންގާ 15 ހަފުތާގެ ޕްރޮގްރާމެކެވެ. ކޯސް ފެށީ މި ހިނގާ މޭ މަހުގެ 31 ވަނަ ދުވަހުއެވެ. ކިޔަވައިދެނީ ފެކަލްޓީއަށް ހާޒިރުވެގެން، ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 19:00 އިން 21:00 އަށެވެ.

މި ކޯހުގައި ބައިވެރިވެވެނީ 12 އަހަރުން މަތީގެ ފަރާތްތަކަށެވެ. ޖާގައިގެ ޢަދަދަކީ 30 އެވެ. ކޯސް ފީ އަކީ 2,250 ރުފިޔާއެވެ. ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ޖަޕާނު ބަހުގެ ބޭސިކް ކޯހެއް ނިންމާފައިވުން ނުވަތަ އެ ފެންވަރުގެ ހުނަރު ހުރިކަމުގެ ލިޔެކިޔުން ހުށަހެޅުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް