ސ.ފޭދޫގައި ސައިކަލަކު ރޯކޮށްލައިފި

ސ.ފޭދޫ ބޯޅަދަނޑު ކައިރީގައި ހުރި ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ރޭ ފަތިހު ރޯކޮށްލައިފިއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މިހާދިސާ ހިނގީ ރޭ ފަތިހު 4.50 ހާއިރުގައެވެ. ފުލުހުން ބުނީ، ސައިކަލަކ...

06 Apr 2019 | 04:19

ސ.ފޭދޫ ބޯޅަދަނޑު ކައިރީގައި ހުރި ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ރޭ ފަތިހު ރޯކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މިހާދިސާ ހިނގީ ރޭ ފަތިހު 4.50 ހާއިރުގައެވެ.

ފުލުހުން ބުނީ، ސައިކަލަކީ ގޭތެރޭގައި ހުރި ސައިކަލެއް ކަމަށާއި އޭގައި ރޯކޮށްލާފައިވަނީ ގެއިން ބޭރަށް ނެރެގެން ކަމުގައެވެ. މި ހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް