500 ފޮޓަށް ވޯޓުލުން ފަށާފައިވާއިރު، ތިލަފުށީގެ ހުރި ވޯޓު ފޮށީގެ ވޯޓުލުން ލަސް ވެފައިވާ ކަމަށް އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
މި ފޮށިތަކަށް ވޯޓުލުން ލަސްވެފައިވަނީ ޕްރިސަންސްގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ވުމުން ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް މިހާރު އެކަން ހައްލުކުރުމަށާއި، ވޯޓުލުން ފަށުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ގދ. ގައްދޫ ދާއިރާގެ މާލެ ފޮއްޓާއި އެހެން ފޮއްޓެއްގެ ލިސްޓު ވަނީ ބަދަލުވެފައިވާކަމަށާއި އަދި އެ ދެ ލިސްޓު ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާކަމަށް މައުލޫމާތު ލިބުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް