އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް، ދެވަނަ ދައުރަކަށް އިސްމާއިލް ހަބީބް ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ކުރިމަތިލި 16 މީހުންގެ ތެރެއިން އެންމެ މަތިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މާރކްސް ދީފައިވަނީ ހަބީބަށެވެ.
ހަބީބަށް އެކޮމިޓީގެ ފަރާތުން ލިބުނީ 90.82 މާރކްސްއެވެ. ދެވަނައަށް އެންމެ ގިނަ މާރކްސް ލިބުނީ އަހްމަދު މޫސާއަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 75.57 މާރކްސްއެވެ.
އީސީ އަށް ހަބީބް އައްޔަން ކުރެއްވުމަށް 58 މެމްބަރުންވަނީ ވޯޓު ދީފައެވެ. އީސީގެ މެމްބަރުންގެ ދައުރު ހަމަވާނީ ފަސް އަހަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް