ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލްގެ އާއިލާގެ 12 ބޭފުޅަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ލިބިފައިވާތީ އެކަމާ ގުޅިގެން ޚަލީލަށް އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވައިފިއެވެ.
ހަލީލްގެ އަރިސް މީހުންނަށް ނުހައްގުން ފްލެޓް ދިން ކަމަށް ބުނެ އެބޭފުޅާއަށް ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ޖަވާބުދާރީވަމުން ނެރުއްވި ނޫސް ބަޔާނެއްގައި އެބޭފުޅާ ބުނެފައިވަނީ، އޭނާގެ އާއިލާ މީހުންނަށް ލިބުނީ އެމީހުންނަށް ހައްގު ފްލެޓް ކަމަށާއި ފިތުނަ އުފެދޭ ކަހަލަ ވާހަކަ ނުދެއްކުމަށް ގޮވާލާ ކަމަށެވެ.
ހަލީލް އިތުރަށް ވިދާޅުވީ އެބޭފުޅާ މަޖިލީހުގެ ގޮނޑިއެއް ފުރުމުގެ މާނައަކީ އެބޭފުޅާގެ އާއިލާ މީހުންނަށް ލިބޭ ފްލެޓަކީ ނުހައްގުން ލިބޭ ފްލެޓްތަކަކަށް ވުން ނޫން ކަމަށެވެ. އަދި ހަބަރުތަކުގައި ވަނީ އެނާގެ ދާއިރާއަށް ނިސްބަތްވާ މީހަކު ދިން އަސްލެއް ނެތް މައުލޫމާތު ތަކެއް ކަމަށެވެ.
އާއިލީ ބޭފުޅުންނަށް ފްލެޓު ލިބިފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އަލަތު ކައިވެން ކޮށްގެންނާއި ސިފައިންގެ މީހުން ފަދަ ކެޓެގަރީތަކުން ޕޮއިންޓު ލިބިގެން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި އޭނާގެ ނުފޫޒަކުން ހޯދާދީފައިވާ ފްލެޓުތަކެއް ނޫން ކަމަށް ވިދާޅުވެ ޚަލީލް ވަނީ ފިތުނަ އުފެއްދުމާއި ނަން ކިލަނބުކުރުމަށް މަސައްކަތް ނުކުރުމަށް އެދިވަޑައިގެންފައެވެ.
ނޫސްބަޔާނުގައި ޚަލީލްގެ އާއިލީ ބޭފުޅުންނަށް ފްލެޓު ހައްގު ކަމަށް ވިދާޅުވި ނަމަވެސް ގިނަ ބޭފުޅުންނަށް 70 ޕޮއިންޓުވެސް ލިބިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ. ފްލެޓުތަކަށް ޕޮއިންޓު ދިން އިރު 90 އިން މަތިން ޕޮއިންޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ނުލިބި އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް