ހުޅުމާލޭގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގަ ހަ ވަނަ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާ...

06 Feb 2020 | 16:34

ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގަ ހަ ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހެޓް، ސްޕުރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހަމަލާ ދިނުމުގައާއި ހަމަލާ ރޭވުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުން އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ މި ހަމަލާ ރޭވި މީހުންނާއި ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ޝިފާއު ވިދާޅުވީ އެ ހަމަލާގެ ޒިންމާ ނަގާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ ތަހުގީގު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަޕްލޯޑު ކުރުމަކީ ބައެއް މީހުންނަށް ނޭނގި ނަމަވެސް ކުރެވޭ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަމަލާގައި ޒަހަމްވީ ޗައިނާ ދެ މީހުންނާއި އޮސްޓްރޭލިއާ މީހެކެވެ. އޭގެތެރެއިން އެކަކު ފަރުވާއަށް ފަހު މިހާޜު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ހުޅުމާލޭގައި ވަޅިން ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށްފަހު ރައީސް ނެރުއްވި ބަޔާނުގައި ވަނީ، ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް